logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އޮފީހުގެ ޔޫޓިއުބަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަނީ

އާމިނަތު ޝަފާ
23 ސެޕްޓެމްބަރު 2025 - 06:19
ރައީސް އޮފީހުގެ ޔޫޓިއުބަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަމުން އަންނަކަމަށް އެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ނުދައްކާއިރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް އެ ޗެނަލުން ދަނީ ލައިވްކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލުން ރައީސްގެ ދަތުރުފުޅުތަކުގެ މައުލޫމާތު ގެނެސްދެމުން ދަނިކޮށް އެ ޗެނަލް ހެކުކުރުމަށްފަހު ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯ ތަކެއް ވަނި އާއްމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މެންދުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަމުން އަންނަކަމަށާއި ވީގޮތް ސާފުކޮށް އިތުރު މައުލޫމާތު ލިބޭނީ ފުލުހުންގެ ތަހުގީގު ނިމުމުންކަމަށެވެ.

ރައީސް އޮފީހުގެ އެ ޔޫޓިއުބް ޗެނަލްއަކީ ދައުލަތުގެ ގިނަ އަދަދެއްގެ ވީޑިއޯ އާކައިވް ކޮށްފައިވާ މުހިންމު ޗެނަލްއެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެޚަބަރު | 2 ދުވަސް ކުރިންމެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރައްވާނޭ ވަކި ނަންބަރުތައް ހަމަޖައްސަވައިފިޚަބަރު | 7 ދުވަސް ކުރިންރައީސް އޮފީހުގެ ޔޫޓިއުބަށް ވީގޮތް ފުލުހުންގެ ސައިބާ ސެކިއުރިޓީން ބަލަނީ ޚަބަރު | މަހެއް ކުރިން