logo
ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ،ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 16:29
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ  މޯދީ،ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ދިޔައީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެޗް.ސީ.އޯ)ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ރައީސް ޝީ ޖިންފިންގ ގެ ދައުވަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޮޑު ވަޒީރު މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރެއްވިކަން ހާމަކުރައްވާ  އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ،ރާއްޖެ އާއި އިންޑިއާގެ ގާތް އެކުވެރި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާ ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ދާދި ފަހުން ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަށް ޝަރަފުވެރިކޮށް ދެއްވުމަށްވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | ދުވަހެއް ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | ދުވަހެއް ކުރިން