logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

އާމިނަތު ޝަފާ
2 ސެޕްޓެމްބަރު 2025 - 04:03
ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އެސް.ސީ.އޯ ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

‎މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.

‎ މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

‎ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.

‎މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންވަޒީފާ ދިނުމުގައި އިސްކަންދޭނީ ތައުލީމާއި ތަޖުރިބާއަށް ބަލާފައި: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންއެމްއޭސީއެލުން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސްޚަބަރު | 8 ގަޑިއިރު ކުރިންތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން