logo
ޚަބަރު

މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް މުޢިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2025 - 03:41
މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މާމަ ކާފަ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވިގޮތުގައި، ޢާއިލީ ގުޅުންތައް ވަރުގަދަކޮށް، ލޯތްބާއި ކުލުނު ދަރިފަސްކޮޅުތަކުގެ ތެރޭގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. އެބޭފުޅުންނަކީ ދިރިއުޅުމުގެ ތަޖުރިބާ އާއި އިރުޝާދު ދިނުމުގައި ވެސް ޢާއިލާތަކަށް ލިބޭ ބޮޑު ނިޢުމަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

''މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކު.'' ރައީސް ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖޭގައި، ޤައުމީ ކާފަ އަދި މާމަ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ 1 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޢާއިލީ ގުޅުންތަކުގައި މާމައިންނާއި ކާފައިންގެ މުހިންމުކަން ހަނދާންކޮށްދީ، އެބޭފުޅުންނަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 10 ގަޑިއިރު ކުރިންރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | ދުވަހެއް ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 2 ދުވަސް ކުރިން