logo
ޚަބަރު

"އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިން އެއް ފަށައިފި

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 11:34
"އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިން އެއް ފަށައިފި

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް "އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކެމްޕެއިނެކެވެ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި "އުދުހިލަން" ކެމްޕެއިން އިފްތިތާޙުކޮށްދެއްވީ އެފްޕީއޭގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީއެވެ. މި ދާއިރާތަކާ ގުޅުންހުރި ގިނަ ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޔުނިސެޕް ރެޕްރެޒެންޓޭޓިވް ޓު ދަ މޯލްޑިވްސް، އެޑްވަޑް އަޑާއީ ވިދާޅުވީ، މުޖުމަޢުގައި ކުޑަކުދިންގެ އާބާދީގެ %70 ކުދިންނަށް ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް އެކުދިންގެ ހަޔާތުގައި ކުރިމަތިވާކަމަށެވެ. 

"40% ކުދިންނަށް ޖިސްމާނީ އަނިޔާ ކުރިމަތިވޭ. %30 ކުދިންނަށް ނަފްސާނީ އަނިޔާ. މިއީ އަބަދަށް ދެމިގެންދާ ޒަޙަމުތަކެއް. އަދި ވަރަށް ގިނަ ކޭސްތައް ރިޕޯޓް ނުކުރެވި ދޫކޮށްލާ. އަހަރަމެންގެ އަޒުމަކަށް ވާންވާނީ ކޮންމެ ކުއްޖަކީ ލޯތްބާ ރައްކާތެރިކަމުގައި ބޮޑުވާ ކުދިންކަން ކަށަވަރުކުރުން." ޔުނިސެޕް ރެޕްރެޒެންޓޭޓިވް އެޑްވަޑް އަޑާއީ ވިދާޅުވިއެވެ. 

މި ކެމްޕެއިންގެ ޢަމާޒަކީ މުޖުތަމަޢުގެ ހުރިހާ މީހުން ގުޅިގެން، މިފަދަ މައްސަލަ މަދުކޮށް ހުއްޓުވުމަށް ނިކުތުމެވެ. އަދި ކުރިމަގުގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް އަޑުއުފުލާ ޖީލެއް ބިނާކުރުމެވެ. 

މި ކެމްޕެއިންގައި ތާވަލުކުރެވިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޕީއޭގެ ސީއީއޯ ޝިރާނީ ނައީމް ވިދާޅުވީ، މި ކެމްޕެއިންގެ މަޤުސަދަކީ ކުޑަކުދިންނަށް ދޭންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުންކަމަށެވެ. އެފްޕީއޭއަށް ހުށައަޅާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކަށް ބަލާއި، މައްސަލަތަކުގެ %50 އިންސަތަ މައްސަލައަކީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅޭ މައްސަލަތައްކަން ޝިރާނީ ފާހަގަކުރެއްވިއެވެ. 

"މިދިޔަ އަހަރު 722 މައްސަލަ ހުށައެޅުނުއިރު، 315 މައްސަލައަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާގެ މައްސަލަ. އޭގެތެރޭގައި ޖިސްމާނީ، ނަފްސާނީ، ބަހުގެ އަދި ޖިންސީ އަނިޔާގެ މައްސަލަ ހިމެނޭ. މީގެތެރެއިންވެސް އެންމެ ގިނައީ ކަނޑައެޅިގެން އެފަދަ މަންޒަރުތައް ދެއްކުން ނުވަތަ އަޑު އިއްވުމުގެ މައްސަލަތައް." އެފްޕީއޭގެ ސީއީއޯ ޝިރާނީ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އުދުހިލަން"ގެ ނަމުގައި ޤައުމީ ކެމްޕެއިން އެއް ފަށައިފި ޚަބަރު | 20 ގަޑިއިރު ކުރިން