logo
Bank of Maldives

Bank of Maldives

ޚަބަރު

ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ހަރަދުކޮށްފި

އާމިނަތު ޝަފާ
5 ސެޕްޓެމްބަރު 2025 - 06:52
ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ހަރަދުކޮށްފި

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ހުރީ 148.9 ބިލިއަން ރުފިޔާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 124 އިންސައްތައެވެ.

މި ދަރަނީގެ ތެރޭގައި ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާގެ ދަރަނި ހިމެނެއެވެ.

ދެވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ އެތެރޭގެ ދަރަނި 85.8 ބިލިއަން ރުފިޔާގައި ހުރިއިރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ވަނީ 21.1 ބިލިޔަން ރުފިޔާގައި ހިފެހެއްޓިފައެވެ. މިއީ ޖީޑީޕީގެ 17.6 އިންސައްތައެވެ.

ކުރީގެ ސަރުކާރުތަކުން މި ސަރުކާރަށް ވާރުތަވި ދަރަނިތަކާއެކު، ބޭރުގެ އެކި ފަރާތްތަކަށް ރާއްޖެއިން ދައްކަންޖެހޭ ޖުމްލަ 42 ބިލިޔަން ރުފިޔާގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އިންޑިއާގެ އެގްޒިމް ބޭންކަށެވެ. މިގޮތުން، އިންޑިއާގެ އެގްޒިމް ބޭންކަށް، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ އަދަދު 9.2 ބިލިޔަން ރުފިޔާއަށް އަރައެވެ.

އަދި ދިވެހި ދައުލަތުގެ ބޮންޑުތައް ގަނެފައިވާ ބޭރުގެ ފަރާތްތަކަށް 7.7 ބިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އަދި ޗައިނާގެ އެގްޒިމް ބޭންކަށް 7.3 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.6 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޚަރަދުތައް 15.3 އިންސައްތަ ދަށްކޮށް، 186.7 މިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައިޚަބަރު | 7 ދުވަސް ކުރިންސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރައިފި ޚަބަރު | މަހެއް ކުރިންދައުލަތުގެ އާމްދަނީ 6.3 އިންސައްތަ އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރައިފިޚަބަރު | މަހެއް ކުރިންދައުލަތުގެ ޚަރަދުތައް 15.1 އިންސައްތަ ދަށްކޮށްފިޚަބަރު | މަހެއް ކުރިން