logo
ވިޔަފާރި

އެސްޓީއޯއިން އޮރެންޖް ކިލޯއެއް 35 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފި

އައިޝަތު ނަޝާ
10 ސެޕްޓެމްބަރު 2025 - 10:50
އެސްޓީއޯއިން  އޮރެންޖް ކިލޯއެއް 35 ރުފިޔާގެ ރޭޓުން  ވިއްކަން ފަށައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން- އެސްޓީއޯއިން އޮރެންޖު ގެނެސް، ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ބާޒާރުގައި މިވަގުތު އޮރެންޖެއް ވިއްކަމުންދަނީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އެއާއެކު އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ފިހާރައިން ކިލޯއެއް 35 ރުފިޔާގެ މަގުން މިހާރުވަނީ އޮރެންޖު ވިއްކަން ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި ހަފްތާގެ ތެރޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން ބާޒާރުގައި މިވަގުތު އޮރެންޖެއް ވިއްކަމުންދަނީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން ވަނީ އަގުތައް ހަމަޖެއްސުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.

މީގެ ކުރިން ބާޒާރުގައި ފިޔާ ލިބުން ދަތިވުމާ ގުޅިގެންވެސް އެސްޓީއޯއިންވަނީ ފިޔާ ޝިޕްމެންޓެއް ގެނެސް ފިޔާ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދާދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްޓީއޯއިން އޮރެންޖް ކިލޯއެއް 35 ރުފިޔާގެ ރޭޓުން ވިއްކަން ފަށައިފިވިޔަފާރި | 14 ގަޑިއިރު ކުރިން