logo
ޚަބަރު

ގަތަރުގެ އަމީރު ޝައިޚް ތަމީމް, ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައިފި

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2025 - 11:45
ގަތަރުގެ އަމީރު ޝައިޚް ތަމީމް ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައިފި

ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ގަތަރުގައި ބާއްވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ރޭ ވަނީ ގަތަރަށް ވަޑައިގަންނަވާފައެވެ.ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވެސް ހުންނެވީ ގަތަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އޮފީހުން ވިދާޅުވީ، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ރައީސް މުއިއްޒުއާ މިއަދު ބައްދަލުކުރައްވާފައިވަނީ ޝެރެޓަން ދޯހާގައި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިސްރާއިލުން ގަތަރަށް ދިން ހަމަލާގައި ބަޔަކު ޝަހީދުވުމާއި ގުޅިގެން ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވެ، ގަތަރު ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަގިންކަން ދެއްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުއްލި އަރަބި އިސްލާމިކް ސަމިޓް އިންތިޒާމު ކުރުމުގައި ގަތަރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގަތަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.އަދި ދެ ގައުމުން ޝައުގުވެރިވާ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭގެ އިތުރުން ދެ ބޭފުޅުން ވަނީ ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އިސްލާމީ އުންމަތުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބައިނަލްއަގްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ދެ ދައުލަތް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެބޭފުޅުންވެސް ދެއްވިއެވެ.

ގަތަރުގައި ބާއްވާ ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަކީ، ދިވެހިރާއްޖެއިން ޤަޠަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ރަމްޒުކޮށްދޭކަމެކެވެ. އަދި އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދެމުންދާ އެދުމަށް މިކަމުން ބާރުދެއެވެ.

މި މުނާސަބު ވަގުތުގައި، ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސްދެއްވައިފިޚަބަރު | 6 ގަޑިއިރު ކުރިންއިސްރާއީލުން ޤަޠަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންގަތަރުގެ އަމީރު ޝައިޚް ތަމީމް ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 13 ގަޑިއިރު ކުރިން