logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފި

އާމިނަތު ޝަފާ
16 ސެޕްޓެމްބަރު 2025 - 11:03
އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފި

ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ފަށާ ފުޓުބޯޅަ ސީޒަނުގައި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްއޭއެމްގެ އެވޯޑް  ތައާރަފްކޮށް އެކަން އިއުލާނުކޮށްފިއެވެ.

ކުޅިވަރުގެ ރޫޙު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދިނުމަށް ހަމަޖެހިފައިވާ ކަން އެފްއޭއެމްގެ  ރައީސް އަހުމަދު ޠާރިޤު (ޓޮމް) ވަނީ ހާމަކުރައްވާފައެވެ. އެފްއޭއެމް އެވޯޑްސް 11 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް ކަނޑައަޅާ މަގާމުތަކަކީ:

1- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3 ވަނަ)

2- އެންމެ މޮޅު ފުޓްބޯޅަ ކޯޗް

3- އެންމެ މޮޅު ފުޓްބޯޅަ ކުލަބު

4- 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

5- ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ

6- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)

7- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)

8- އެންމެ މޮޅު ފުޓްބޯޅަ ރެފްރީ

9- އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ

10- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

11- އެންމެ މޮޅު ގޯލް

އެފްއޭއެމްގެ އެވޯޑުގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވާ މިއީ ފުރަތަމަ ފަހަރެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްއޭއެމް އެވޯޑްސް އިއުލާނުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިން