ރައީސުލްޖުމްހޫރިއްޔާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސަށް ބޭފުޅަކު ޢައްޔަންކުރައްވައިފި
16 ސެޕްޓެމްބަރު 2025 - 12:27

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.

Ad by Hajj Corporation
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ވުމާއެކު އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
މި މަގާމަށް އައްޔަނުކުރުމަށް ޝަފީޤްގެ ނަންފުޅު މަޖިލީހުން ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.