logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ 4 ރެފްރީއަކު ގެނެސްފި

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2025 - 12:13
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ 4 ރެފްރީއަކު ގެނެސްފި


މިރޭ ފަށާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ ތަޖުރިބާކާރު ހަތަރު ރެފްރީއަކު ގެނެސްފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން- އެފްއޭއެމްއިން ހާމަކޮށްފިއެވެ.

އެފްއޭއެމްއިން ބުނީ އޯލް ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަންގެ އެހީތެރިކަމާއެކު ގެނައި ހަތަރު ރެފްރީންގެ ތެރެއިން ތިން ރެފްރީންނަކީ ފީފާ ރެފްރީންކަމަށެވެ. އަނެއް ރެފްރީއަކީ ނެޝަނަލް ލެވެލްގެ ރެފްރީއެކެވެ. ފީފާއިން ބުނީ މިވަގުތު ރާއްޖެއިން ބޭރުން ހަތަރު ރެފްރީއެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ކްލަބު ފުޓްބޯޅަ ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެފައި ވުމާއެކު މިއަދު މި ފަށާ ފުޓްބޯޅަ ސީޒަންގެ މެޗުތަކަށް ތައްޔާރުވުމަށް ދިވެހި ރެފްރީންތައްވެސް އެކަށީގެންވާ ވަގުތު ދިނުންކަމަށް އެފްއޭއެމްއިން ހާމަކުރެއެވެ. އަދި ބޭރުގެ ތަޖުރިބާކާރު ރެފްރީންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ރެފްރީންނަށްދީ ދިވެހި ރެފްރީންގެ ގާބިލްކަން އިތުރުމަކީވެސް އަމާޒެެއްކަމަށް އެފްއޭއެމްއިން ހާމަކުރެއެވެ.

އެ އެސޯސިއޭޝަނުން ބުނީ އަބަދުވެސް އިސްކަންދެނީ ދިވެހި ރެފްރީންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ދީ ދިވެހި ރެފްރީންގެ ގާބިލްކަން އިތުރު ކުރުމަށްކަމަށެވެ.

މި ފެށޭ ފުޓްބޯޅަ ސީޒަނާއެކު ދިވެހި ރެފްރީންގެ ގާބިލްކަން އިތުރުކުރުމަށް އެކި ކަހަލަ ޕްރޮގްރާމްތައް ރާވައި ހިންގުމަށްވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރުމަށް ނޭޕާލްގެ 4 ރެފްރީއަކު ގެނެސްފިޚަބަރު | 3 ގަޑިއިރު ކުރިން