logo
Bank of Maldives

Bank of Maldives

ޚަބަރު

ބާޒާރުމަތީ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ސެޕްޓެމްބަރު 2025 - 01:30
ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރުގައި ރޯވެ އަލިފާން ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ، ފޮޓޯ: އެންޑީއެމްއޭ
ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރުގައި ރޯވެ އަލިފާން ނިއްވާލަން ސިފައިން ހަރަކާތްތެރިވަނީ، ފޮޓޯ: އެންޑީއެމްއޭ

މާލޭގެ ބާޒާރުމަތީ ޑޯން ކެފޭ ކައިރީގައި ހުންނަ "ލިލީ އެފް އެންޑް ބީ ސަޕްލަޔާޒް 1 ބާޒާރު" ގައި ހޮނިހިރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ ސަރވިސްއަށް ލިބިފައިވަނީ ރޭ 1:00 ގައެވެ. އަދި އެ ސަރވިސްގެ ފަޔަރ ފައިޓަރުން ވަގުތުން ހަރަކާތްތެރިވެ، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި މި އިމާރާތުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ މަސައްކަތަކަށްފަހު، ރޭ 2:39 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން އަދި އެނގިފައެއް ނުވެއެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ގުދަންތަކުގައި އަލިފާން ނިއްވާ ނިޒާމު ޤާއިމުކުރުމާއި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި ކޯސްޓްގާޑު ޝިޕް ހުރަވީ ލަންކާއަށްޚަބަރު | 8 ދުވަސް ކުރިންހުޅުމާލެ ފަޅުތެރޭ އޮތް އުޅަނދެއްގައި ރޯވެ އަނދަނީޚަބަރު | މަހެއް ކުރިންބަންޑުންޖަހާލި ކޮޅުވެއްޓިން ބައެއްތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެޚަބަރު | 2 މަސް ކުރިންލައިސަންސް ނެތި ދުއްވުމާއި އެކްސިޑެންޓުތައް ގިނަވާތީ އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިޚަބަރު | 2 މަސް ކުރިން