އިމިގްރޭޝަންގެ ސިސްޓަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވައިފި
29 ސެޕްޓެމްބަރު 2025 - 04:43

އިމިގްރޭޝަންގެ ސިސްޓަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދް ފަޞީޙް އިލްތިސް ކުރައްވައިފިއެވެ.
އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުން ފަޞީޙް އިތުރަށް ވަނީ އިމިގްރޭޝަނަކީ އާންމު ރައްޔިތުންގެ އިތުބާރު ލިބި އަދި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންނަކީ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށްވުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation
ގްލޯބަލައިޒް ވޯލްޑެއްގަ ބިދޭސީން އަންނާނެ ކަންވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެހެންވީމަ ބިދޭސީންނަކީ ކުށް މަދު ބަޔަކަށްވެ އަދި އިމިގްރޭޝަނަކީ ރައްޔިތުންގެ ލޯބި ލިބި، އިތުބާރާއެކީ ޚިދުމަތްދޭ މުއައްސަސާއަކަށްވުމަކީ ވަރަށް ބޮޑު އުންމީދެއް. އެކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން. މި ޓީމާއެކީ މި ލަނޑުދަނޑިތައް ހާސިލްވާނެ. އަޅުގަނޑުމެންގެ ޓީމަކީ ވަރަށް ބަދަކި ޓީމެއް. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން
ކޮންމެ ތަނެއްގައިވެސް އިތުރަށް ރަނގަޅު ކުރަން ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވާ ކޮންޓްރޯލާ ވަނީ އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އިމިްގރޭޝަނުން ޚިދުމަތް ލިބިގަންނަ އިރު ސިސްޓަމްގެ ތެރެއިން ކަންކަން ކުރުމަށް ބާރުއަޅުއްވާ ކޮންޓްރޯލާ ވަނީ ރާއްޖޭގެ މައި ދޮރާއްޓާ ހަމައަށް އަންނަ ކޮންމެ މީހަކަށް އެންމެ އެކަށީގެންވާ އަވަސް ޚިދުމަތެއް އިމިގްރޭޝަނުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
އަދި އިމިގްރޭޝަންގެ ސިސްޓަމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދި ސީޖީ ވަނީ ކުރިއަށް އޮތްތަނުގަ އިމިގްރޭޝަނުން އާންމު ރައްޔިތުން ހޯދަން އަންނަ ކޮންމެ ޚިދުމަތަކީ ލުއިފަސޭހަކަމާއެކީ ލިބޭނެ ޚިދުމަތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.