logo
Bank of Maldives

Bank of Maldives

ޚަބަރު

ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފި

އާމިނަތު ޝަފާ
12 އޮކްޓޯބަރު 2025 - 10:43
ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފި

ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އިމިގްރޭޝަނުން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ބަޔޯމެޓްރިކްސް މަޢުލޫމާތު ދީފައިނުވާ 27,773 މީހުން ފާހަގަވެފައިވާ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. އޭގެތެރެއިން 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މިހާތަނަށް އަދަހަމަކޮށްފަނުވާކަން ވަނީ ފާހަގަވެފައެވެ.

އެހެންކަމުން އެ ހުރިހާ އެންމެންގެ ބަޔޯމެޓްރިކްސް އަންނަ ނޮވެމްބަރު މަހުގެ 15ގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަދާހަމަކުރުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ މުހުލަތެއް ދީފައެވެ.

މި މުހުލަތު މިހެން ދީފައިވަނިކޮށް އިމިގްރޭޝަނުން ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ވަޒީފާދޭ ފަރާތްތަކުން އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަދާހަމަކުރުމަށް މިއަދު އެދިފައެވެ.

އަދި މި މުއްދަތުގެ ތެރޭގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް، އެފަދަ ބިދޭސީންނާއި އެ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.

އެން.ސީ.އައި.ޓީ އިމާރާތުގައި ޤާއިމްކޮށްފައިވާ ޖޮކް ސެންޓަރުން، ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފައެވެ.

ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްޕެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޯދާފައެވެ.

މިހާތަނަށް އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންވަޒީފާ ދިން ފަރާތައް ފިލައިގެން އުޅުނު ފަސް ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންބައޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމައިފިޚަބަރު | 3 ދުވަސް ކުރިންގަވައިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އަތުލައިގެންފިޚަބަރު | 4 ދުވަސް ކުރިން