logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފަށާނަން: ރައީސް

އާމިނަތު ޝަފާ
1 އޮކްޓޯބަރު 2025 - 17:12
މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފަށާނަން: ރައީސް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގްރޭޓަރ މާލެ ސަރަހައްދުގައި އިތުރު 3000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާނުކުރެއްވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މި 3000 ޔނިޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަށާއި މިއީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރަށް ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ.

" މިއީ އިންޑިއާގެ އެލްއޯސީގެ 4000 ހައުސިން ޔުނިޓުގެ އިތުރަށް ކުރިއަށްދާނެ މަޝްރޫއެއް. އެ މަޝްރޫއުވެސް އަދި ފެށޭނެ. އޭގެ އިތުރަށް 3000 ހައުސިން ޔުނިޓް އަޅާނެ ވާހަކަ މި ދެންނެވީ. އެކަމަށް ބޭނުންވާ ހުރިހާކަމެއް ނިމެމުން މި ދަނީ. އަޅުގަނޑު ވީ އެންމެ ބޮޑު ވައުދުމިއީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލު ގެނެސްދޭނަމޭ. ވައުދުވީގޮތައް ރައްޔިތުންނަށް ލިބުނު ގޯއްޗާއި ފްލެޓްތައްވެސް އެއްވެސް ބަދަލެއް ނުގެނެސް މިދަނީ ހަވާލުކޮށްދެމުން. އަދި އަލަށް ފެށޭ މަޝްރޫއުތަކާ އެކު ބޯހިޔާވަހިކަމަށް ދާއިމީ ހައްލު އަންނާނެ". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އަދި މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތު މީހާއާއި ބޮޑު އާބާދީއަށް ނިސްބަތްވާ ރައްޔިތު މީހާ ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ އެ މައްސަލައެއް ހައްލުކޮށްދޭން ސަރުކާރުން އެންމެ އިސްކަންދޭ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ މިފަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އެއީ، ރާއްޖޭގެ މުޅި ތާރީޚުގައިވެސް މި މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓެވެ.

ރައީސްވަނީ އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެކަމުގެ ޔަގީންކަން މި ޖަލްސާގެ ތެރެއިންވެސް ތަކުރާރުކޮށް ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް ސަރފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި ޚަބަރު | 4 ގަޑިއިރު ކުރިންކުންފުނިތަކަށް ދޭންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާތެރޭގައި ދައްކާ ނިންމާނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ: ރައީސް ޚަބަރު | 6 ގަޑިއިރު ކުރިންހަތިޔާރު ނެތް، އާންމުންނަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ބިރުދެއްކުން ބަލައިނުގަނަވޭނެ: ރައީސްޚަބަރު | 14 ގަޑިއިރު ކުރިން