logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު ދެ އަތޮޅެއްގައި ޕާސްޕޯޓުގެ ޙިދުމަތް ފަށައިފި

އައިޝަތު ނަޝާ
5 އޮކްޓޯބަރު 2025 - 10:53
އިތުރު ދެ އަތޮޅެއްގައި ޕާސްޕޯޓުގެ ޙިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، އިތުރު ދެ އަތޮޅެއްގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އެގޮތުން ޕާސްޕޯޓުގެ ޙިދުމަތް އަލަށް ފަަށާފައިވަނީ ގއ އަތޮޅުގައާއި ޅ އަތޮޅުގައެވެ. ޅ. ނައިފަރުގައި ރޭ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވާއިރު، ޅ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުަށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ޅ. ނައިފަރު ޚިޔާރުކުރެވޭނެ ކަމަށް މޯލްޑީވްސް އިމިގްރޭޝަން އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ހަމަ މިފަދައިން ގއ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް ވެސް "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުަށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ގއ. ވިލިނގިލި ޚިޔާރުކުރެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ޚިދުމަތް ނުފެށި އޮތީ މިހާރު އެންމެ އަތޮޅެއްގައި ކަމަށް މޯލްޑިވްސް އިމްރޭޝަނުން މައުލޫމާތު ދެއެވެ. އެއީ އދ. އަތޮޅުގައިކަމަށާއި އެއަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ޤާއިމްކުރަނީ މަހިބަދޫގައިކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.


މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުންވަނީ ބުނެފައެވެ.ނަމަވެސް މިމަހުގެ ނިޔަލަށް މި ޚިދުމަތް ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 6 ގަޑިއިރު ކުރިންއުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 9 ގަޑިއިރު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 11 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 14 ގަޑިއިރު ކުރިން