logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: ކަނޑުތައް ގަދަވާނެ، ސަމާލުވޭ!

ޢައްފާން މުޙައްމަދު
12 އޮކްޓޯބަރު 2025 - 07:03
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: ކަނޑުތައް ގަދަވާނެ، ސަމާލުވޭ!

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރާއެވެ. އެ އިދާރައިން ބުނީ، އަންގާރަ ދުވަހުން ފެށިގެން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައި ވަރަށް ގަދަވާނެ ކަމަށެވެ.

އެ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ގާފަރަށްށެވެ. އެގޮތުން ގާފަރަށް 63.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް ޚަބަރު | 13 ގަޑިއިރު ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް: ކަނޑުތައް ގަދަވާނެ، ސަމާލުވޭ!ޚަބަރު | 2 ދުވަސް ކުރިންހަފްތާ ބަންދުގައި މުޅި ރާއްޖެއަަށް މޫސުން ގޯސް ޚަބަރު | 2 މަސް ކުރިންހއ އިން ފެށިގެން ކ އަތޮޅަށް ރީނދޫ ސަމާލު ނެރެފި ޚަބަރު | 2 މަސް ކުރިން