logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ލެބޯޓްރީގެ ޙިދުމަތް ޤާއިމްކުރާނަން: ރައީސް

އައިޝަތު ނަޝާ
13 އޮކްޓޯބަރު 2025 - 06:16
ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ލެބޯޓްރީގެ ޙިދުމަތް  ޤާއިމްކުރާނަން: ރައީސް

ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ނިމެން ވާއިރަށްލެބޯޓްރީގެ ޙިދުމަތް ޤާއިމްކުރާނެ ކަމަުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިލަދުންމަޑުލު އުތުރުބުރިއަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނޫމަރާއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ،އެހެން ރަށަކަށް ލެބޯޓްރީ ޓެސްޓުތައް ހަދަން ދާ ދިއުން ނިމުމަކަށް ގެނެސް، އަމިއްލަ ރަށުގައި ތިބެގެން ލެބޯޓްރީ ޓެސްޓުތައް ހެދުމަށް، ތަކެތީގެ ގޮތުންނާއި އަދި މުވައްޒަފުންގެ ގޮތުން ހަމަޖެއްސައިދޭނެކަމަށާއި ،އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށެވެ. އަދި އަންނަ އަހަރުނިމިގެންދާއިރު، ހެލްތް މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަރޑް އާ އެއްގޮތަށް، އެ ރަށެއްގެ ނިސްބަތުން ޓެސްޓުތައް ހެދޭނެ ގޮތް ޤާއިމް ނުކުރާނެ ރަށެއް ނުހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގަ ވެސް މިދެންނެވިހެން މިއަންނަ އަހަރުގެ ނިޔަލައްދާއިރުގަ ނުހުންނާނެ ރާއްޖޭގަ އެންމެ ރަށެއްވެސް އެ ރަށުގެ ނިސްބަތުން އެ ރަށުގަ ހެދޭނެ ޓެސްޓުތައް،ހެލްތް މިނިސްޓްރީން ކަނޑައަޅާ ސްޓޭންޑަރޑް އެއް އޮންނާނެ،އެ ޓެސްޓުތައް ހެދޭނެ ގޮތް ޤާއިމް ނުކުރާނެ ރަށެއް ނުހުންނާނެ. އެ ޔަޤީންކަން ހަމަ އަޅުގަނޑު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން،އެކަން ދާނެ އެގޮތައް" - ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ސިއްޙި ދާއިރާ ކުރިއެރުވުން އެއީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަގަ ކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްރަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކަށް،އެކި ދާއިރާތަކުން މުވައްޒަފުން ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ.

މީގެ އިތުރުންވެސް ތަފާތު އެކި ގިނަ މަޝްރޫއުތަކެއް ށ.ނޫމަރާގައި ފެށުމައް ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 5 ގަޑިއިރު ކުރިންއުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 7 ގަޑިއިރު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 10 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 13 ގަޑިއިރު ކުރިން