ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ޤަތަރުގެ އަމީރަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
13 އޮކްޓޯބަރު 2025 - 06:37

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓްގައި ޤަތަރު ސަރުކާރުގެ ތިންއޮފިޝަލުން ނިޔާވުމާއި އިތުރު ދެމީހުންނަށް އަނިޔާވުމާއި ގުޅިގެން ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ނިންމުމަށް މާދަމާ ބާއްވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދާ އަމީރީ ދިވާންގެ އޮފިޝަލުން ނިޔާވި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފުންހިތާމަ ފާޅުކުރައްވާފައެވެ.

Ad by Hajj Corporation
ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ރައްޔިތުން ތިބީ، މި ހާދިޘާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ހާމަކުރައްވާފައެވެ. އަދި، ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.