logo
Bank of Maldives

Bank of Maldives

ޚަބަރު

30 މަސްދުވަހުގެ ތެރޭ އެއާޕޯޓް ނިމޭނެ ކަމުގެ ޔަގީންކަމާއެކު ބިލެތްފައްސަށް އުފާވެރި ޚަބަރުތަކެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 02:48
30 މަސްދުވަހުގެ ތެރޭ އެއާޕޯޓް ނިމޭނެ ކަމުގެ ޔަގީންކަމާއެކު ބިލެތްފައްސަށް އުފާވެރި ޚަބަރުތަކެއް

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

މިއަދު ބިލެތްފަހީގައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއެކު ސޮއިކުރެވުނެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ފެށިގެން ދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ފެންނާނެ ކަމަށާއި، މަޑުޖެހުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

އިތުރު ތަރައްޤީގެ މަޝްރޫޢުތައް

އެއަރޕޯޓުގެ އިތުރުން ވެސް ބިލެތްފަހީގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު، ކުނި މެނޭޖްކުރުމުގެ މަޝްރޫޢު، އަދި ބަނދަރުގެ މަޝްރޫޢު ހިމެނެއެވެ. އަދި ސްކޫލުގައި 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ފުޅާކުރުމާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓަކާއި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 2 ގަޑިއިރު ކުރިންއުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 4 ގަޑިއިރު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 7 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން