logo
Bank of Maldives

Bank of Maldives

ޚަބަރު

ސަރުކާރުން ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް އަންނަނީ ކާމިޔާބު ވަމުން، ކަންބޮޑުވުމެއް ނެތް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 03:01
ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބު، ކަންބޮޑުވުމެއް ނެތް: ރައީސް

ސަރުކާރުން ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތައް އަންނަނީ ކާމިޔާބު ވަމުންކަމަށް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބިލެތްފަށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށެވެ. އަދި މިކަމުގައި އެއްވެސް ކަންބޮޑުވުމެއް ސަރުކާރަކަށް ނެތެވެ. "އަޅުގަނޑުމެން މިދަނީ އިޤްތިޞާދީ ކަންކަން ރަނގަޅުކުރަމުން، އެތެރެއާއި ބޭރުގެ ދަރަނި ޚަލާސްކުރަމުން، އެކުވެރި ދައުލަތްތަކާ މަޝްވަރާކޮށްގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯދަމުން" ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އަދި ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމަށާއި، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ޚަލާސްކުރެވޭނެއެވެ.

ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމަކީ ލާމަރުކަޒީ ނިޒާމު ނޫންކަމަށެވެ. "އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރަމުން. އޭގެ ނަތީޖާ މިހާރުވެސް ފެންނަމުން އެބަދޭ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުން ބާރުވެރިކުރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިފުމަށް ގޮވާލެއްވިއެވެ. އަދި މި އުސޫލުން ގެނެވޭ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަން ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 2 ގަޑިއިރު ކުރިންއުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 4 ގަޑިއިރު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 7 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން