logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލަށް ދޭ ގްރާންޓް ނިސްބަތުން ބޮޑުވާނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 އޮކްޓޯބަރު 2025 - 03:12
އަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލަށް ދޭ ގްރާންޓް ނިސްބަތުން ބޮޑުވާނެ: ރައީސް

އަތޮޅު ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ އަދަދު ނިސްބަތުން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އިތުރުވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މިއުވާލަނީ، އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓު ހަމަޖައްސާއިރު، ރަށު ކައުންސިލްތަކަށް މިހާރު ލިބޭ އިންސައްތަ އެބަ ބޮޑުކުރަން. ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ޢަދަދު ބޮޑުވާނޭ ނިސްބަތުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޫކުރާ ފައިސާގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމަށް ގެންނަ ބޮޑު ބަދަލެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ ސެޕްޓެމްބަރުގައި ރައީސް ވަނީ، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް މުނިސިޕަލް މަސައްކަތްތަކަށް އާބާދީގެ ނިސްބަތުން މީގެކުރިން ދެމުންދިޔަ ބްލޮކްގްރާންޓަކީ ބިމުގެ ބޮޑުމިނަށް ބަލައިގެން ދޫކުރާ ބަޖެޓަކަށް ބަދަލުކުރައްވަން ނިންމަވާފައިކަން ފާހަގަކޮށްލެވެއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު ރަށު ކައުންސިލްތަކަށް އިތުރު ބާރުތަކެއް ލިބި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ފޯކައިދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްޚަބަރު | 2 ގަޑިއިރު ކުރިންއުތުރުގެ ރަށްތަކުގައި ހުއްޓިފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރަނީ ޚަބަރު | 4 ގަޑިއިރު ކުރިންފޭދޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދެނީ ސްކޫލު މަޝްރޫޢަށްޚަބަރު | 7 ގަޑިއިރު ކުރިންއަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސްޚަބަރު | 10 ގަޑިއިރު ކުރިން