logo
Bank of Maldives

Bank of Maldives

ޚަބަރު

ށ. ފުނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމް ކުރަން ނިންމައިފި

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 04:34
ށ. ފުނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމް ކުރަން ނިންމައިފި

ށ. ފުނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމް ކުރަން  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ށ.ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައަކަވަމުން ރައީސް ވަނީ ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މި އަހަރުގެ ތެރޭގައި އެ ރަށުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް ޢިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރަށުގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރޭގެ ޖަލްސާގައި ރައީސް ވަނީ އިޢުލާން ކުރައްވާއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންމާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހަދަނީ ޚަބަރު | ގަޑިއިރެއް ކުރިންށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފިޚަބަރު | 2 ގަޑިއިރު ކުރިންއިންކްލޫސިވް ކްލާސްރޫމްތައް ސްކޫލްތަކުގައި ޤާއިމްކޮށް، ވޮކޭޝަނަލް ހައި ސްކޫލެއް އިމާރާތް ކުރަނީޚަބަރު | 2 ގަޑިއިރު ކުރިން