logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުން ރައްޔިތުން ދުރުކުރަނީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ދުރުހެލިކުރުވަން - ރައީސް

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 06:06
ދުންފަތުން ރައްޔިތުން ދުރުކުރަނީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ދުރުހެލިކުރުވަން - ރައީސް

ދުންފަތާއި ވޭޕާއި ރައްޔިތުން ދުރުހެލިކުރަން މަސައްކަތް ފެށީ ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވަނީ, ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުންކަމަށާއި، އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އަތްފޯރާ އަގެއްގައި ކެއިންބުއިމުގެ ބާވަތްތައް ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައެވެ.

މިހާތަނަށް ހަނޑޫ، ހަކުރު ފުށް އެކަނި އަސާސީ ހިމެނުނު ކާބޯތަކެތީގެ ލިސްޓުގައި އާންމުކޮށް ބޭނުންކުރާ 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ، ލިސްޓުގައި ސަރުކާރުން އަލަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ރީނދޫ، މުގު، ކާށި އަދި ކުކުޅުބިސްވެސް ހިމަނާ މި ތަކެތި އެސްޓީއޯ މެދުވެރިކޮ އެތެރެކޮށް ހިފެހެއްޓިފައިވާ އަގެއްގައި ވިއްކަން މިހާރު ވަނީ ފަށާފައެވެ.

ރަައީސްގެ ޕޯސްޓްގައި ވަނީ ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވަން އެދިވަޑައިގެންފައެވެ.

ދުނިޔޭ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫޢުތަކުގެ އަދާހަމަ ތަފްޞީލުތައް ސަރުކާރުން ދަނީ ދުވަހުން ދުވަހަށް ބަލަމުން: ރައީސް ޚަބަރު | ގަޑިއިރެއް ކުރިންމާއުނގޫދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހަދަނީ ޚަބަރު | 2 ގަޑިއިރު ކުރިންށ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފިޚަބަރު | 2 ގަޑިއިރު ކުރިންއިންކްލޫސިވް ކްލާސްރޫމްތައް ސްކޫލްތަކުގައި ޤާއިމްކޮށް، ވޮކޭޝަނަލް ހައި ސްކޫލެއް އިމާރާތް ކުރަނީޚަބަރު | 2 ގަޑިއިރު ކުރިން