logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް

އާމިނަތު ޝަފާ
16 އޮކްޓޯބަރު 2025 - 15:01
މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައި، ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ހަސަން ތަގުރީރު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީއަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އެއީ ޤައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގެ ތަރިކައާއި، ޘަޤާފަތާއި ތާރީޚަށްވެސް ނުރައްކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހަޤީޤަތެއްކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، "ކުޑަވުމަކީ ބާރެއް ނެތުން ނޫން" ކަން ފާހަގަކުރައްވަމުން، ދިވެހިރާއްޖެއިން ނަމޫނާ ދައްކައިގެން ކުރިއަށް ދިއުމުގެ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު ތިން އަސާސަކީ ފިޔަވަޅު އެޅުމާއި، އީޖާދުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަސާސްތައް ކަމަށާއި، ނާޒުކު ޤައުމުތަކަށް އިހުމާލުވިޔަ ނުދިނުމަށް، ޤައުމުތަކުން ވެފައިވާ ވަޢުދުތައް ފުއްދައި، ފުރިހަމަ ނަތީޖާއަކަށް ބަދަލުކުރުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ޑޮކްޓަރ ވަޙީދު ގޮވާލެއްވިއެވެ.

ޙަޤީޤީ ލީޑަރޝިޕް މިނެކިރާނީ ބާރާއި މުއްސަނދިކަމުގެ މީޒާނަކުން ނޫން ކަމަށާއި، ކުރު-ރާސްތާ މަންފާއަކަށްވުރެ، ސާފު ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ސާބިތު ލީޑަރޝިޕެއްގެ ސިފަކަމުގައި ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ.

ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކާމިޔާބު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން އިޚްތިޔާރު ކުރަނީ އުންމީދާ، ހިތްވަރާއި ބައިވެރިވުމާއެކު ވިލުންތެރިކަމާއި، ޢަދުލުވެރިކަމާއި، ދެމެހެއްޓެނިވި އުންމީދުގެ މައްޗަށް ބިނާވެފައިވާ ދުނިޔެއެއް ބިނާކުރުމަށްކަމުގައި ވިދާޅުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ: ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްޚަބަރު | 16 ގަޑިއިރު ކުރިން