logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފި

އާމިނަތު ޝަފާ
17 އޮކްޓޯބަރު 2025 - 04:23
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފި

މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީ އާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިޞްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ މަންސަތަކުގައި ދެ ޤައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން