logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލް އަންހެނުންތަކަކާއި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި

އައިޝަތު ނަޝާ
20 އޮކްޓޯބަރު 2025 - 11:50
ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލް އަންހެނުންތަކަކާއި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފި

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ނޭޕާލްގެ ތިން އަންހެނަކު ހިމެނޭހެން ހަތް ބިދޭސިއަކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި ހަތް މީހުން ހައްޔަރުކުރީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޔުނިޓުން މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ހިންގި އޮޕަރޭޝަންތަކެއްގައި ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 24 އަހަރުގެ ނޭޕާލް ފިރިހެނަކާއި އެ ގައުމުގެ 31 އަހަރުގެ އަންހެނަކާއި 37 އަހަރުގެ އަންހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކުރިއެވެ. އަދި, އިއްޔެ ބަންގްލަދޭޝްގެ 32 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ އެޕާޓްމެންޓެއް ބަލައިފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ބައިލީޓަރުގެ 29 ފުޅިއާއި ފަސް ލީޓަރުގެ ފުޅިއަކާއި ތިން ޓައްޕު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި, ނޭޕާލަށް ނިސްބަތްވާ ހަތަރު މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ ދެ މައްސަލަ ތަހުގީގުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލް އަންހެނުންތަކަކާއި ބަންގްލަދޭޝް ބަޔަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންސިނގިރޭޓު ވަގަށްނެގި މައްސަލައިގައި މުއާޒްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިޚަބަރު | 8 ގަޑިއިރު ކުރިންއެޕްލިކޭޝަނާއެކު ކޮންމެ 8 ގަޑިއިރަކުން ސްކޭމަރުންގެ މަޢުލޫމާތުތައް އަދާހަމަކުރެވިގެންދާނެ: ފުލުހުން ޚަބަރު | ދުވަހެއް ކުރިންޑްރަގް މައްސަލާގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން