logoEN
ޚަބަރު

ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭ - މެޑަމް ސާޖިދާ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

01 އޮކްޓޯބަރު 2024 - 07:58

ހުރިހާ ކުދިން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް، ތަޢުލީމީ ނިޒާމުގައި ފަންނީއްޔާތު ބޭނުން ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ޓީޗަރުންގެ ބައިނަލްއަޤްވާމީ 7 ވަނަ މާހީސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ.އެގޮތުން، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓީޗަރުންގެ ދުޅަހެޔޮ ކަމަށް އިސްކަން ދޭންޖެހޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސައްކަތުގެ ވަގުތުކުޑަކޮށް އިދާރީ ގޮތުން ޓީޗަރުން ކުރަންޖެހޭ މަސައްކަތް ކުޑަކުރުމުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ."ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއް މައްޗަށް އެކުލެވޭ ޤައުމަކަށްވެފައި، ރަށްތައް ކުދި އާބާދީތަކަށް ބެހިފައި އޮތުމުން ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކުރުމަކީ އެއްވެސް ކުއްޖެއް ބާކީނުކުރާ ނިޒާމެއް ބިނާކުރުމަށް މުހިންމު ކަމެއް. މިއީ ތަޢުލީމު ދިނުމުގެ ފެންވަރު މަތިކޮށް، ހުރިހާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭކަން ޔަޤީކުރެވޭނެ، ހުރިހާ ކުދިންނަށް އޭގެ ފައިދާވާނެ ކަމެއް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.ޓީޗަރުންގެ މާހާސިންތާގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ ގޮންޖެހުންތައް ހައްލު ކުރުމަށް ދިރާސާތައް ކުރެވި އެ ދިރާސާތަކުގެ އަލީގައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޚާއްސަކޮށް ދިމާވާ ގޮންޖެހުންތަކަށް އިސްކަންދީ މިކަންކަން ހައްލުކުރެވިގެން ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤައިމްކޮށް ހުރިހާ ދަރިވަރުންނަށް ހަމަހަމަކޮށް ތަޢުލީމު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder