logo
Bank of Maldives

Bank of Maldives

ޚަބަރު

އިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ

އައިޝަތު ނަޝާ
26 އޮކްޓޯބަރު 2025 - 10:09
އިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ

މޯލްޑިވްސް އިމިގްރޭޝަނުން އެ އިދާރާގެ މަސައްކަތްތަކަށް 70 އިމިގްރޭޝަން އޮފިސަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ވޯކް-އިން އިންޓަވިއު ކުރިއަށްދާނީ ނޮވެމްބަރު 1 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަން ޖެހޭނެއެވެ. މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ 2025 ނޮވެމްބަރު 4 އާއި 8 އާ ދެމެދުގެ ދުވަހެއްގައެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން، ސީޕޯޓް ސެކްޝަނާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޤާމުގެ މުސާރަ އަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ %35 ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ހިމެނެއެވެ. ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ތިން ސެޓްފިކެޓް ހާސިލުކޮށްފައިވުން އެކަށީގެންވެއެވެ. އަދި 2025 ނޮވެމްބަރު 1 ވާ ދުވަހު އުމުރުން 30 އަހަރު ފުރިފައިނުވުމަކީވެސް މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަވާންޖެހޭ ޝަރުތެކެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި އިންޓަވިއު ކުރުން ކުރިއަށްގެންދާނީ 2025 ނޮވެމްބަރު 1 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޞަލާޙުއްދީން ސްކޫލްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވާއިދާ ހިލާފަށް އުޅެމުންދިއަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިޚަބަރު | 2 ދުވަސް ކުރިންއިމިގްރޭޝަނުން އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީޚަބަރު | 2 ދުވަސް ކުރިންހުޅުމާލެ ފޭސް އެކެއް ރުއްގަނޑު ސަރަހައްދުން 5 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިންބައު ދަނގަނޑުގެ ވިޔަފާރިކުރި 14 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 7 ދުވަސް ކުރިން