logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޭއެފްސީގެ ރައީސް ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 11:20
އޭއެފްސީގެ ރައީސް ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ރައީސް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.


އޭއެފްސީގެ ރައީސްގެ މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް އޭއެފްސީން ވެދެއްވޭނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވާނެއެވެ.
އޭއެފްސީގެ ރައީސް ސަލްމާން އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ.

އޭއެފްސީގެ ރައީސް ސަލްމާން ރާއްޖެ ވަޑައިގަންނަވާއިރު ދާދިފަހުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއަނީ އިންފަންޓީނޯ ވަނީ ރާއްޖެ ޒިޔާރަތްކުރައްވާފައެވެ.

ފީފާގެ ރައީސްގެ މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް އެއްބާރުލުން ދިނުމާއި އެފްއޭއެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ވަނީ ބާއްވާފައެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭއެފްސީގެ ރައީސް ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީކުޅިވަރު | ދުވަހެއް ކުރިން