logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީ ލިންކު ރޯޑާއި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 17:20
އައްޑޫ ސިޓީ ލިންކު ރޯޑާއި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ލިންކްރޯޑް އަލުން ތަރައްޤީކުރުމާއި، އައްޑޫ ސިޓީގެ ރަށްތަކުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހިތަދޫގެ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އާރްޑީސީއާއެވެ.

އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ޑިޒައިން އެންޑް ބިލްޑް އުސޫލުން ގާއިމްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހެވެ. ވުޒާރާއިން ކުރިން ހާމަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވަނީ ތިން އަހަރާއި މަސް މަސްދުވަހުން ނިންމާގޮތަށެވެ.

މިހާރުވެސް ގިނަ ރަށްރަށުގައި މަގުހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ލިންކު ރޯޑާއި މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 13 ގަޑިއިރު ކުރިން