logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

އާމިނަތު ޝަފާ
7 ނޮވެމްބަރު 2025 - 04:57
ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފިއެވެ.

މި ގައިޑު ނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް އާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ / Visit Maldives) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އަދި އެ ކޯޕަރޭޝަންގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އައު ޑެސްޓިނޭޝަން ގައިޑުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެންހުރި މުޅިން އައު ތަޖުރިބާތަކާއި، ފަތުރުވެރިންނަށް ޚާއްޞަ ދަތުރުފަތުރުގެ އިންތިޒާމުތަކުގެ އިތުރުން، ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑުތަކުގައި ހުރުމުގެ އެކިއެކި އިންތިޒާމުތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ގައިޑަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެކެވެ.

މި ގައިޑު ނެރުމުގެ މައިގަނޑު މަޤްޞަދަކީ، 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި، މުއްސަނދި ސަގާފަތާއި، ލިބެންހުރި ހުރިހާ ޚިދުމަތްތަކެއްގެ މައްޗަށް އަލިއަޅުވާލުންކަމުގައްޔާއި މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ހަރުދަނާވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ބާރުއެޅޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ވިޒިޓް މޯލްޑިވްސްއިން ނެރެފައިވާ މި ޑެސްޓިނޭޝަން ގައިޑަކީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. މި ގައިޑު މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާބިލުކަން އިތުރަށް ފުޅާކުރެވޭނެ ކަމަށް ބެލެވޭކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ނެރެފިޚަބަރު | 4 ގަޑިއިރު ކުރިން