logo
Bank of Maldives

Bank of Maldives

ޚަބަރު

32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފި

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 09:26
32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފި

ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް 32 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު މިނިސްޓްރީގެ ރަށްވެހި މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާކުތައް ހެދުމުގެ މަސައްކަތް ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ. ޕާކުތަކުގެ މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އެ.ޗް.ޑީސީގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު ރަށްތައް:

1. ހއ. މޮޅަދޫ

2. ހއ. ފިއްލަދޫ

3. ރ. ހުޅުދުއްފާރު

4. ރ. މާކުރަތު

5. ރ. ކިނޮޅަސް

6. ރ. އިންނަމާދޫ

7. ރ. އިނގުރައިދޫ

8. ރ. ފައިނު

9. ހދ. ހަނިމާދޫ

10. ވ. ފުލިދޫ

11. ވ. ކެޔޮދޫ

12. ދ. މީދޫ

13. ތ. ވޭމަންޑޫ

14. ތ. ތިމަރަފުށި

15. ތ. ގުރައިދޫ

16. ލ. މާބައިދޫ

17. ލ. ދަނބިދޫ

18. ލ. މުންޑޫ

19. ގއ. ވިލިނގިލ

20. ގއ. ކަނޑުހުޅުދޫ

21. ގދ. ގައްދޫ

22. ސ. ހުޅުދޫ

23. ސ. ހިތަދޫ 1

24. ސ. ހިތަދޫ 2

25. ސ. މަރަދޫފޭދޫ

26. ސ. ފޭދޫ

27. ނ. ޅޮހި

28. ހދ. ނޮޅިވަރަމް

29. ށ. ކަނޑިތީމު

30. ށ. މިލަންދޫ

31. ބ. ފެހެންދޫ

32. ބ. ކުޑަރިކިލު

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއް ހިމެނެއެވެ. އެ ގޮތުން 52 ރަށުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށެވެ. އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ 6 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތެވެ. އަދި 4 ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެ.މް.ޓީ.ސީ.ސީ) އާއެވެ. ދެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

މިއަދު ސޮއިކުރެވުނީ އޭގެ ތެރެއިން ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމުގައެވެ. ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށެވެ. އަދި މިހާތަނަށް މަސަކަތް ނުފެށި 05 ރަށެއް ވެއެވެ.

ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓްތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކުރެވިފައެވެ.

ބެޗް 3 އަދި 7 ގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތް ނިމި، ބެޗް 3 ގެ މޮބިލައިޒޭޝަންގެ 33 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. އަދި ކޮނުމާއި ކޮންކްރީޓްގެ މަސައްކަތުގެ 17 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

32 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފިޚަބަރު | 5 ގަޑިއިރު ކުރިން