logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިދެއްވައިފި

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 11:04
ރައީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވައިދެއްވުމަށް މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާން، އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރެވެ. އެއަށްފަހު، އެމަނިކުފާނަށް ޝަރަފުގެ ގާޑެއް ވަނީ އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ހިމެނިގެން ދިދަބިސީގައި ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމް.ސީ.އެސްގެ ދިދަ ނަންގަވާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އިމާރާތަކީ، 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ.

16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރައްވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފިޚަބަރު | ގަޑިއިރެއް ކުރިންރައީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިދެއްވައިފިޚަބަރު | 4 ގަޑިއިރު ކުރިންޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕްގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންމޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް އިފްތިތާޙުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިން