logo
Bank of Maldives

Bank of Maldives

ޚަބަރު

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި  ޚާއްސަ ޕްރޮގްރާމެއް ފަށައިފި 

އައިޝަތު ނަޝާ
17 ނޮވެމްބަރު 2025 - 15:18
"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި  ޚާއްސަ ޕްރޮގްރާމެއް ފަށައިފި 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން "އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މިޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރެންޓް މޮނިޓަރިން އެންޑް ކޮމްޕްލައެންސް" ޕްރޮގްރާމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ހަރަކާތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދީ އަދި މަސައްކަތް ކުރަމުންދަނީ ޤަވާއިދާ އެއްގޮތަށްތޯ ޔަޤީން ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާލޭ ސަރަހައްދުގައި މިޕްރޮގްރާމު ކުރިއަށްގެންދާއިރު އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާނީ ބިދޭސީން އުޅޭ ސަރަހައްދުތައް ޕެޓްރޯލް ކުރާ އުސޫލުން ސައިކަލުތަކުގައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިން އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވަމުން ދިޔައީ ވަކި ސަރަހައްދުތަކުގައި ނަމަވެސް މި ޕްރޮގްރާމުގެ ތެރެއިން މުޅި މާލެ ސަރަހައްދު ޕެޓްރޯލް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ޕްރޮގްރާމެއް ފެށި ނަމަވެސް، ރައްޔިތުންގެ ފަރާތުން އިމިގްރޭޝަން ވޮޗަށް ލިބޭ މަޢުލޫތާއި އަދި އެނޫންވެސް، އޮފިސަރުންނަށް އެކި ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ފުލުހުންނާއި ގުޅިގެން ކުރިންވެސް ހިންގަމުން އައި އުސޫލުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އިމިގްރޭޝަނުންބުނެފައި ވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާއިރު 191،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިމައުލޫމާތު ހިއްސާ ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދީ ޑިޕޯޓްކޮއްލާނެކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި  ޚާއްސަ ޕްރޮގްރާމެއް ފަށައިފި ޚަބަރު | 5 ގަޑިއިރު ކުރިންމާމިގިލީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | ދުވަހެއް ކުރިންގަވާއިދާ ޚިލާފަށް އުޅޭ 66 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | 5 ދުވަސް ކުރިންއީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަންޚަބަރު | 5 ދުވަސް ކުރިން