logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލް އިން ހިދުމަތް ދެނީ ކަސްޓަމަރުންނާ ހިއްސާދާރުންގެ މަސްލަހަތައް ބަލައިގެން: ބީއެމްއެލް ސީއީއޯ

އައިޝަތު ނަޝާ
19 ނޮވެމްބަރު 2025 - 08:39
ބީއެމްއެލް އިން ހިދުމަތް ދެނީ ކަސްޓަމަރުންނާ ހިއްސާދާރުންގެ މަސްލަހަތައް ބަލައިގެން: ބީއެމްއެލް ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިދުމަތް ދެނީ، އަބަދުވެސް އެ ބޭންކުގެ ކަސްޓަމަރުންނާ، ހިއްސާދާރުންގެ މަސްލަހަތައް ބަލައިގެން ކަމުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިިން ވިދާޅުވީ ހަފުތާ 104 ޕްރޮގްރާމުގައި، ވޭތުވެދިޔަ 2 އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ހޯދި މުހިންމު ކާމިޔާބީތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީފް އިތުރަށް ވިދާޅުވީ،،ބޭންކުގެ ހިންގުމާއި އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު ބޭންކަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތް ކަމަށާއި، ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ މާލީ ހާލަތުވެސް ރަނގަޅުކަން ސީއީއޯ ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ބީއެމްއެލްގެ ކާމިޔާބީތައް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ 10 މިލިޔަން ރުފިޔާގެ ކެޕިޓަލްއަކުން ބޭންކު ފެށި ނަމަވެސް މިއަދު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލްއަކަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން ވިޔަފާރި ފައިދާ އިތުރުކޮށް ކެޕިޓަލް ބޭސް ބޮޑުކުރަނީވެސް ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކުގެ ހިދުމަތް ފުޅާކޮށް ވިޔަފާރީގެ ކުރިއެރުން ހޯދަމުންދާއިރު، ބޭންކު ހިންގަމުންދަނީ ގާނޫނުތަކާއި، ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވާ، ވިދާޅުވުން ޝަރީފް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި ބޭންކު ހިންގަނީ ފައިދާގައި ކަމަށާއި މިހާރު ބައިނަލްއަގްވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމަންޓެއް ކުރާ ބޭންކެއް ކަންވެސް ފާހަގަ ކޮއްލަން ޖެހެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް އިން ހިދުމަތް ދެނީ ކަސްޓަމަރުންނާ ހިއްސާދާރުންގެ މަސްލަހަތައް ބަލައިގެން: ބީއެމްއެލް ސީއީއޯ ޚަބަރު | 2 ގަޑިއިރު ކުރިން