logo
Bank of Maldives

Bank of Maldives

ޚަބަރު

އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންގެ ސައްހަ ވީޒާކަމުގައި ބަލާނީ އީ-ވީޒާ

އާމިނަތު ޝަފާ
21 ނޮވެމްބަރު 2025 - 06:24
އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންގެ ސައްހަ ވީޒާކަމުގައި ބަލާނީ އީ-ވީޒާ

ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާރކް ވީޒާ ކަމުގައި އާދިއްތަ ދުވަހުން ފެށިގެން ބަލާނީ އެ ބިދޭސީއަކަށް ދޫކުރެވޭ އީ-ވީޒާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރުމަށްޓަކައި، "އީ-ވީޒާ"ގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ގިނަ ބަދަލުތަކެއް އަންނާނެތީ އެ ބަދަލުތަކުގެ ތަފްސީލުތައްވަނީ މިހާރު އާއްމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލުތަކާ ގުޅިގެން، ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕާސްޕޯޓު އިމިގްރޭޝަން ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖެހުމުގެ ބަދަލުގައި،އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނީ އީ-ވީޒާއެވެ. މީގެ އިތުރުން، އާދިއްތަ ދުވަހުގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، އެ ތާރީޚުން ފެށިގެން އެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިފަދަ ވީޒާތަކަކީ އެ ތާރީޚުން ފެށިގެން "ވެލިޑް" ވީޒާތަކެއް ކަމުގައި ނުބެލެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާރކް ވީޒާ ކަމުގައި 23 ވަނަ ދުވަހުން ފެށިގެން ބަލާނީ އީ-ވީޒާއެވެ. މި އީ-ވީޒާގެ މުއްދަތު ބިނާވާނީ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށެވެ. އެ ތާރީޚުން ފެށިގެން ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.

އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއް ނަމަ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ފަރާތްތަކަށް އެތެރެވުމުގެ ހުއްދަ ދޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

މި މުއްދަތުގެ ތެރޭގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހިއްޖެނަމަ، ވާރކް ޕާރމިޓްގައި ވެލިޑިޓީ އޮތްނަމަ އެއް ފަހަރު ފުރުމުގެ ހުއްދަ ލިބޭނެއެވެ. އީ-ވީޒާއަށް ބަދަލުވުމުން، ވަޒީފާ ދޭ ފަރާތުން ބިދޭސީގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާއަށް އެދި ހުށަހަޅާނީ www.immigration.gov.mv މެދުވެރިކޮށެވެ.

އެކި ބޭނުންތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ވީޒާ ޖެހުމަށް 2025 ނޮވެމްބަރު 23 ގެ ކުރިން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު ފަހު 1:30 އަށް އިމިގްރޭޝަންގެ ވީޒާ ޑިވިޜަން (ސްޓާރ ކްލައުޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ) އިން ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖައްސާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާދިއްތަ ދުވަހުން ފެށިގެން ބިދޭސީންގެ ސައްހަ ވީޒާކަމުގައި ބަލާނީ އީ-ވީޒާޚަބަރު | ގަޑިއިރެއް ކުރިންއިމިގްރޭޝަން ވޮޗްއަށް މިހާތަނަށް 1507 އަށްވުރެ ގިނަ މައްސަލަ ހުށައަޅައިފިޚަބަރު | 6 މަސް ކުރިން