logo
Bank of Maldives

Bank of Maldives

ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އާމިނަތު ޝަފާ
22 ނޮވެމްބަރު 2025 - 13:07
ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅުގެ ރައްޔިތުންނަށް ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. އަތޮޅު ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އަތޮޅުގެ ރައްޔިތުންނަށް ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސްބުރީގެ އައު ޢިމާރާތުގެ ބިންގައު އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ބިންގައު އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ހެލްތް އޮނަރަބްލް ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީ.ސީ.ޕީ ރިޓަޔަރޑް އަޙުމަދު ސައުދީ އާއި، ހއ. ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސް މޫސާ ނަޞީރު ބައިވެރިވެ ވަޑައިގަތެވެ. 

ފަންސާސް އެނދުގެ މި ހޮސްޕިޓަލް ނިމޭއިރު، އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ އާއި، ސީޓީ އާއި އެމް.އާރު.އައި އާއި، މެމޮގްރަފީ، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މި ޕްރޮޖެކްޓްގެ ތެރޭގައި ވޭސްޓް މެނެޖްމަންޓް ސެންޓަރކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ގާއިމްކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢިމާރާތްކުރެވޭ މި ހޮސްޕިޓަލްވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގަތަނަވަސް ހޮސްޕިޓަލަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި ޚަބަރު | 2 ގަޑިއިރު ކުރިން