logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާގައި ތިބި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހައި ކޮމިޝަނުން އަންގައިފި

އާމިނަތު ޝަފާ
28 ނޮވެމްބަރު 2025 - 10:24
ލަންކާގައި ތިބި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހައި ކޮމިޝަނުން އަންގައިފި

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ލަންކާގައި ތިބި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހައި ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ލަންކާގައި ތިބި ދިވެހީން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނުކުރުމަށާއި، ހާއްސަކޮށް ފެންބޮޑުވާ އަދި ބިންގަނޑު ކަނޑައިގެންދާ ހިސާބުތަކަށް ދަތުރު ނުކުރުމާއި، ބޯކޮށް ވާރޭވެހޭ އަދި ގަދަވަޔާއެކު ވައިޖެހޭ ވަގުތުތަކުގައި ގޭތެރޭގައި ތިބުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލަންކާގެ މޫސުމާބެހޭ ޑިޕާޓްމަންޓް އަދި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ގެ އިލްތިމާސްތަކަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބޯފެނާއި ބޭސް އަދި މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށާއި މޯބައިލް ފޯނުތައް ޗާޖުކޮށް ބެހެއްޓުމަށްވެސް ހައިކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ.

އަދި ބިންގަނޑު ތިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ތަންތަނަށް ބަދަލުވުމަށްވެސް ކޮމިޝަނުންވަނީ އެދެފައެވެ.

އިތުރު އެހީތެރިކަމެއް ބޭޭނުންވާނަމަ ހައިކޮމިޝަން ހޮޓްލައިން: +94 77 722 8800 އަށް ގުޅުމުން ނޫނީ އީމެއިލް: colombo.consular@foreign.gov.mv އަށް މެއިލް ކުރުމަށް ކޮމިޝަނުން އެދެއެވެ.

މިހާރު ލަންކާއަށް ކުރަމުން އަންނަ ވިއްސާރައަކީ ފާއިތުވި އަހަރުތަކުގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު މޫސުމީ އެއް ކާރިސާއެވެ.

އެ ގައުމުގައި ހުންނަ ދިވެހި ސަފީރު މަސްއޫދު އިމާދު ވަނީ މި ވިއްސާރައިގައި މިހާތަނަށް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގައި ތިބި ދިވެހީން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހައި ކޮމިޝަނުން އަންގައިފިޚަބަރު | 35 މިނިޓު ކުރިން