logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އަލުން ކަނޑައަޅައިފި

އާމިނަތު ޝަފާ
4 ޑިސެމްބަރު 2025 - 17:30
ފޮޓޯ: އަދަދު
ފޮޓޯ: އަދަދު

ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އަލުން ކަނޑައަޅައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ވަނަ ދުވަހަށް ހަމަވެ، އެ އެސޯސިއޭޝަންގެ އިންތިޚާބު ނުބޭއްވި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމުން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައި ނުވާތީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދެވިފައިވާ ޤައުމީ ޙައިސިއްޔަތު ނަގާފައިވަނީ މި އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އަލުން ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި އެ އެސޯސިއޭޝަން ކަނޑައެޅިގެންދިޔަކަން ހާމަކުރައްވައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައިވެރިވުމާއެކު، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ބައިވެރިވުމާއެކު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ހުސްވި ނޮވެންބަރު 1 ގައި ގެނެސް އަދި ނޮވެންބަރު 22 ގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވިފައިވާކަމަށެވެ.

ވުމާއެކު އެ އެސޯސިއޭޝަންގެ ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ޙައިސިއްޔަތު އިޔާދަކޮށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ކުރިއެކޭވެސް އެއްގޮތަށް ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއް ކަމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ކަނޑައަޅާފައިކަން ކުޅިވަރު ވުޒާރާގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމީ ކުޅިވަރު ޖަމްޢިއްޔާއެއްގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އަލުން ކަނޑައަޅައިފި ކުޅިވަރު | 2 ގަޑިއިރު ކުރިން