އައްޑޫ ސިޓީއަށް 14 އަހަރުވީ އިހުމާލު ނައްތާލުމަށް އައްޑޫ ކައުންސިލަށް ހޮވަންވީ މިސްރު
8 ޑިސެމްބަރު 2025 - 04:07

ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީއަށް ސަރުކާރުތަކުން އިހުމާލުވަމުން އަންނަ ވާހަކައަކީ އައު ވާހަކަތަކެއް ނޫނެވެ. މި ސަރުކާރުގެ ތަރައްގީގެ ރާޑަރަށް 34،000 މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީ އަރާފައިވާއިރު އައްޑޫގެ ރައްޔިތުން މިހާރު ބޭނުންވަނީ ތަރައްގީގެ އަމާޒު ކަށަވަރުކުރުމަށް ސަރުކާރަށް އެއްްބާރުލުންދޭނެ ކައުންސިލެކެވެ.
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިހާރު ޕާޓިތަކުން ހުޅުވާލާފައިވާއިރު އައްޑުއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދަން މިފަހަރު ކައުންސިލަށް ކުރިމަތިލައްވަނީ އައްޑޫ ސިޓީއަށް އުފަން ހަތަރު މަތިފުށް އައްޑޫ ސިޓީ ހިތަދޫ ކޮރޮވައުގެ ދަރިއެއް ކަމަށްވާ ޙުސައިން ޝަރީފު، އާއްމު ނަމުންނަމަ މިސްރުއެވެ.

Ad by Hajj Corporation
މިސްްރު އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވަނީ ސަރުކާރު ހިންގާ ޕީ.އެން.ސީގެ ފަރާތުން ނެވެ. އައްޑޫގެ ރައްޔިތުންގެ މާޔޫސްކަމަށް ނިމުމެއް ގެނައުމަށް އައްޑޫ ކައުންސިލަށް ކުރިމަތިލައްވާފައިވާ މިސްރު މެންދުރާ ވާހަކަދައްވަމުން ވިދާޅުވީ ހުސްކަމެއްގައި އައްޑޫ ސިޓީ ބާއްވައިގެން ބަޔަކު އުޅޭތާ މިހާރު 14 އަހަރު ވެއްޖެކަމަށާއި، ވަކިފިކުރެއް ނަގަހައްޓަން ހަދައިގެން އައްޑޫ ސިޓީއަށް ލިބުނު ކުރިއެރުމެއްނެތް ކަމަށެވެ. މިހާރު އައްޑޫ ސިޓީ ބޭނުންވަނީ ހަޖަމްކުރަން ދަންނަ ވަކިކުލައަކަށް ބެލުމެއްނެތި އައްޑޫ ސިޓީގެ ވަތަން ދެކެލޯބިވާ ދަރިން ކަމަށާއި ތަރައްޤީ ގެނެވޭނެ ޤާބިލް މީހުންކަމުގައި ވިދާޅުވިއެވެ.
ކައުންސިލަށް ކުރިމަތިލުމަށް ޕީއެންސީ އިހުތިޔާރުކުރީ އައްޑޫ ރައްޔިތުންގެ އަޑު ފުރަތަމަ ފަހަރަށް އަޑުއެއްސެވީ ޕީ.އެން.ސީގެ މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒުކަމަށާއި ޑރ. މުޙައްމަދު މުއިއްޒަކީ ރައްޔިތުންނާގާތުން ރައްޔިތުންގެ އިޙްޞާސްތައް ދަނެ، ރައްޔިތުން އެދޭގޮތަށް ބަހާއި އަމަލުން މަސައްކަތް ކުރައްވާ ރައީސެކޭ މިދަންނަވަނީ ސަބަބުތަކެއް ނެތިއެއްނޫންކަން މިސްރު ފާހަގަކުރެއްވިއެވެ.
އައްޑުއަށް މިސްރުގެ ތަސައްވުރު:
- އައްޑޫ ސިޓީ ކައުންސިލް ޒަމާނީ ފެންވަރަށް ޑިޖިޓަލައިސް ކުރުމާއި ދެ ފުއްފެންނަ ވަރުގެ އޮޓޯމެޓިކް ނިޒާމެއް ޤާއިމްކުރުން
- އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންތައް ހައްލުކޮށް ގޯތީގެ މައުލޫމާތާއި އިންފާރާ އަދިވެސް ރައްޔިތުން ހޯދަން ބޭނުންވާ ޙިދުމަތްތައް ވަކި ޕޯރޓަލް އަކުން ލިބޭނޭ ނިޒާމެއް ޤާއިމްކުރުން
- އައްޑޫ ސިޓީ ހިތަދޫ އުތުރުދާއިރާގެ ރައްޔިތުންނަށް ދިމާވެގެން އުޅޭ ފިށިމަތި ސަރަހައްދުގެ މައްސަލަ ހައްލުކޮށް، އެތަން އިތުރައް ހިއްކާ އޭގެ ބޭރުގައި ހުރި ރަށްތަކުގައި އިކޯ-ޓޮއަރިޒަމް ޤާއިމް ކުރުން
- އައްޑޫ ސިޓީ ހިތަދޫގެ ރައްޔިތުންނަށް އާއިލާގޮވައިގެން ޕިކްނިކް ދެވޭނެ އައިލޭންޑެއް ނުވަތަ އެފަދަ ތަނެއް ތަނަވަސްކޮށްދިނުން
- ސްވިމިން ޓްރެކެއް އެޅުން
- ހިތަދޫ އުތުރުދާއިރާގެ ފުއްޓަރު ފަރާތް ތޮށިލުން
ސަރުކާރާއި ކައުންސިލް އެއްފުރާޅެއްގެ ދަށަށް ގެނެސް، ވަކި ކުލައަކަށް ބެލުމެއްނެތި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ޙިދުމަތްތައް ތަރައްޤީކުރުމަކީ މިސްރުގެ އަމާޒެވެ. ކަރަންޓާއި ފެނާއި ރޯހައުސިން ސްކީމް ތައާރަފްކޮށް ރައްޔިތުންނަކީ އަބުރުވެރި ގެދޮރުވެރި ބަޔެއްކަމުގައިހެދުމާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު ކުޅޭނެ ތަންތަން، އައުޓްޑޯރ ޖިމް، ވަޒީފާގެ މާޙައުލު އުފެއްދުމާއި ބަންދުވެފައިވާ ރިސޯޓްތަކާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަދައްކައިގެން އެރިސޯޓްތައް ހުޅުވުމުގެ މަސައްކަތްކުރުމަކީވެސް ލިސްޓުގައި ހިމެނޭ ކަންކަމެވެ.


