logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް 3 ގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާތަނަށް ހިއްކާ ނިމިއްޖެ

އައިޝަތު ނަޝާ
7 ޑިސެމްބަރު 2025 - 13:56
ފޮޓޯ: އެޗްޑީސީ
ފޮޓޯ: އެޗްޑީސީ

ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް  ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް މިދިޔަ މަހު ފަހުކޮޅު ގެނެވުނު 2 ޑްރެޖަރާއި އެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމަާއިއެކު ކުރިއަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައި ކަމަށް އެޗްޑިސީން ވަނީ ބުނެފައެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ފެށި އެ މަޝްރޫއަށް މަޑުޖެހުމެއް އައީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް 3 ގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާތަނަށް ހިއްކާ ނިމިއްޖެޚަބަރު | 11 ގަޑިއިރު ކުރިން