logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއްޖެ

އާމިނަތު ޝަފާ
10 ޑިސެމްބަރު 2025 - 10:52
ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއްޖެ

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވާކަމަށް މޫސުމާ ބެގޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެފައިވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ "ހިމާލިޔާ" އަށް ޖެހޭ ނުސާފު ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދުވަސްވަރު މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން އިތުރުވެ ދުރު ފެންނަ މިންވަރު ހުރީ 7000 މީޓަރުގައިކަމަށް މެޓުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖެ ސަރަހައްދުގެ ވައި ހުރީ ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަކަށެވެ.

"އައިކިއު އެއާ" އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ކުޑަ ތަންކޮޅެއް ރަނގަޅުވި ނަމަވެސް، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށްވުރެ ވެސް ގޯސްވެދާނެއެވެ.

ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއްޖެ ޚަބަރު | 3 ގަޑިއިރު ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ!ޚަބަރު | 4 ދުވަސް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭޚަބަރު | 7 ދުވަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ: މެޓް އޮފީސްޚަބަރު | 13 ދުވަސް ކުރިން