ނޭޝަނަލް ކެރިއާ ސާވިސަސްގެ ބްރާންޗެއް އައްޑޫގައި ހުޅުވައިފި
14 ޑިސެމްބަރު 2025 - 15:37

އައްޑޫސިޓީގައި ގާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ބްރާންޗް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ބްރާންޗް ހުޅުއްވައިދެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅުފައިވާ ކަމެއްކަމަށާއި، ނޭޝަނަލް ކެރިއަރ ސަރވިސަސް ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތައް ގުޅުވައިދޭނެ ކަމަށެވެ.

Ad by Hajj Corporation
އަދި ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް، ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި، ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ވެސް ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ، ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ.ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަރުގެ ނަން ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކޮށް، ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ ޚިދުމަތް ދެމުންނެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 14 އަތޮޅެއްގައި 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީފައިވެއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސަސް ބުނީ، ޖޮބް ސެންޓަރ ޕޯޓަލްގައި 8912 މީހުން ވަޒީފާ ހޯދަން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަަދި ވަޒީފާ ދޭ ފަރާތްތަކެއްގެ ގޮތުގައި 4076 ފަރާތެްއ ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެ ސާވިސްއިން 1562 މީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދީފައިވެއެވެ.


