logo
Bank of Maldives

Bank of Maldives

ޚަބަރު

މި ރައީސް ވަރުބައްޔެއްނުވާނެ، މާދަމާ ރޭ ގަލޮޅު ރައްޔިތުންނާއެކީ

އާމިނަތު ޝަފާ
15 ޑިސެމްބަރު 2025 - 05:53
މި ރައީސް ވަރުބައްޔެއްނުވާނެ، މާދަމާ ރޭ ގަލޮޅު ރައްޔިތުންނާއެކީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ޖަލްސާ މާދަމާ ރޭ އޮންނާނެއެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ.

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާދަމާ ރޭ ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވާފައިވާއިރު ބުދަ ދުވަހުގެ ރޭ އެމަނިކުފާނު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ. މި ބައްދަކުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

އަދި އެއަށްފަހު އަންނަ ބުރާސްފަތިދުވަހުގެ ރޭ ރައީސް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާނީ ޞަލާޙުއްދީންސްކޫލުގައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ބައެއް އިދާރާތަކުގެ ރަސްމީ މުޢާމަލާތްތަކަށް ބޭނުންކުރުމަށް ވަކި ނަންބަރުތަކެއް ކަނޑައަޅުއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެއާ ޗައިނާ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފިޚަބަރު | 16 ގަޑިއިރު ކުރިންމި ރައީސް ވަރުބައްޔެއްނުވާނެ، މާދަމާ ރޭ ގަލޮޅު ރައްޔިތުންނާއެކީޚަބަރު | 19 ގަޑިއިރު ކުރިންއަންނަ ބުދަ ދުވަހުގެ ރޭ ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ!ޚަބަރު | ދުވަހެއް ކުރިން