logo
Bank of Maldives

Bank of Maldives

ޚަބަރު

ފޮޓޯއެއް ނެގުމަށް ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް ޒުވާނަކު އަރައިފި

ޒިދާން މުޙައްމަދު
17 ޑިސެމްބަރު 2025 - 05:39
ފޮޓޯއެއް ނެގުމަށް ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް ޒުވާނަކު އަރައިފި

ފޮޓޯއެއް ނެގުމަށް ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް ޒުވާނަކު އަރައިފިއެވެ.

ސައުދީ އެމްބަސީ މިހާރު ހިނގަމުންދާ ހުޅުމާލެ ފެރީ ޓާމިނަލްއާ ޖެހިގެން ހުންނަ އެމްޓީސީސީ ސޯމިލް ބިލްޑިންގެ ފުރާޅަށް އެރި އެ ޒުވާނާ ވަނީ ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާގެ ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ކޯޓުގައި އެދުމުން، ތަހުގީގުގެ ބޭނުމަށް ފަސް ދުވަސް ވަންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން ސައުދީ އެމްބަސީ އަށް އޭނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ބަންދު މަޖިލީހުގައި އެ ޒުވާނާ ބުނީ، އެއީ ސައުދީ އެމްބަސީކަން އޭނާއަށް ނޭނގޭ ކަމަށާއި އެފަދަ ނިޝާނެއް ވެސް އެ ތަނުގައި ހުރި ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.

އެ ޒުވާނާ އެހެން ބުނި ނަމަވެސް އެ ތަނުގައި ސައުދި އަރަބިއްޔާގެ ގައުމީ ދިދަ ނަގާފައިހުރެއެވެ.

ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނަގާލަން ކަމަށް ވެސް ބުންޏެވެ.

ނަމަވެސް، އެ ތަނަށް ފުރާޅުމައްޗަށް އެރިތާ 10 މިނެޓްގެ ތެރޭގައި ފައިބާފައިވާނެ ކަމަށާއި އެއީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސްކުރެވިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެ ޒުވާނާ ވަނީ އެ ތަނަށް އެރުނީތީ މާފަށް ވެސް އެދިފައެވެ. އަދި އޭނާއަކީ ކުށުގެ އެއްވެސް ރެކޯޑެއް ނެތް މީހެއްކަން ފާހަގަކޮށްލަންޖެހެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮޓޯއެއް ނެގުމަށް ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް ޒުވާނަކު އަރައިފިޚަބަރު | 2 ގަޑިއިރު ކުރިން