ރައީސް ވިޔަފާރިވެރިންނާއެކު ބާއްވަވާ ބައްދަލުވުން މިރޭ
17 ޑިސެމްބަރު 2025 - 12:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ބާއްވާ ޚާއްޞަ ބައްދަލުކުރެއްވުން މިރޭ ބާއްވަން ހަމަޖެހިއްޖެއެވެ.
ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވަނީ ސިލްސިލާ ބައްދަލުކުރެއްވުންތަކެކެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްޞަ މި ފުރަތަމަ ބައްދަލުކުރެއްވުން އޮންނާނީ 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި ބައިވެރިވުމަށް ހުރިހާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސަރުކާރުން ވަނީ ދަޢުވަތު އަރުވާފައެވެ.
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން،ރައީސުލްޖުމްހޫރިއްޔާ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތިދުވަހުގެ ރޭ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ވެސް ވަނީ ނިންމާފައެވެ. ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާނީ ޞަލާޙުއްދީންސްކޫލުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ބައިވެރިވުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި، މާފަންނު އަދި ހެންވޭރުގެ އިތުރުން ގަލުޮޅު ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.


