logo
Bank of Maldives

Bank of Maldives

ޚަބަރު

އައިނު ފިހާރަ ހިންގުމުގައި ބޭރު ބައެއްގެ ބައިވެރިވުމެއް ނޯންނާނެ

އާމިނަތު ޝަފާ
18 ޑިސެމްބަރު 2025 - 12:41
އައިނު ފިހާރަ ހިންގުމުގައި ބޭރު ބައެއްގެ ބައިވެރިވުމެއް ނޯންނާނެ

އައިޖީއެމްއެޗްގައި ހިންގަމުންދާ ސަރުކާރުގެ އަައިނު ފިހާރަ ހިންގުމުގައި ބޭރުގެ އެއްވެސް ބައެއްގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ޔަގީންކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އައިޖީއެމްއެޗްގައި ހިންގަމުންދާ ސަރުކާރުގެ އަައިނު ފިހާރައިން ހުރިހާ ފައިދާއެއް ނަގަނީ ލަންކާ ބަޔަކު ކަމަށްބުނެ، އައިނުގެ ވިޔަފާރި ކުރަމުންދާ ދިވެއްސަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން މެންދުރުން ސުވާލުކުރުމުން ސީއީއޯ އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ އައިނު ފިހާރައިގެ މިލްކުވެރިކަމާއި އަދި ހިންގުމުގެ ހުރިހާކަމެއް ބަލަހައްޓަމުންދަނީ ސީދާ އެމްސީޖީއެޗްގެ ބެލުމުގެ ދަށުންކަން ފާހަގަކުރައްވާފައެވެ. ފިހާރަ ހިންގުމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވުމެއް ނޯންނާނެކަމަށާއި އާމްދަނީ ބައިކޮށް ބޭރު ބަޔަކަށް ދޭގޮތަށް އޮތް އެއްބަސްވުމެއްވެސް ނޯންނާނެކަމަށްސީއީއޯ ވިދާޅުވިއެވެ.

ކޮންޓްރެކްޓް އުސޫލުން ޓެކްނިކަލް ބައެއް މުވައްޒަފުން ނަގާފައިވާ ކަމަށާއި އެކަން ކުރީ އަމިއްލަ މުވައްޒަފުން ތަމްރީން ވަންދެންކަން ސީއީއޯގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން އައިނު ހެއްދުމަށް ސަރުކާރުން ވަނީ ނޮވެމްބަރުމަހުގެ ނިޔަލަށް 47 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާއެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.

މި ހިދުމަތް ފުޅާކުރެއްވުމަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ ނަމުގައި އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިނު ފިހާރަ ޤާއިމްކުރައްވާފައެވެ. އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. 

އައިނު ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިނު ފިހާރަ ހިންގުމުގައި ބޭރު ބައެއްގެ ބައިވެރިވުމެއް ނޯންނާނެޚަބަރު | 11 ގަޑިއިރު ކުރިން