ފަލާހް ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ހަފުލާ ބާއްވައިފި
20 ޑިސެމްބަރު 2025 - 13:46

ފަލާހް ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ހަފުލާ ބާއްވައިފިއެވެ.
ދެ ދަންފަޅިއަަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފަލާހް ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ހަފުލާގައި 92 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

Ad by Hajj Corporation
ފަލާހް ޕްރީ ސްކޫލުގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ، މަދަރުސަތުލް އަމީރު އަޙްމަދު ޕްރީ ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު އަހްލާމް އަދި ތަބްޔާން ޕްރީ ސްކޫލްގެ ޕްރިންސިޕަލް އުންމު ސަލްމާއެވެ.
ޕްރީ ސްކޫލް މަރުހަލާ ފުރިހަމަކޮށް އެ ސްކޫލުން ދަސްވެނިވި ދަރިވަރުންނަކީ ގްރޭޑް 1އަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.
ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ދަސްވެނިވުމުގެ ހަފުލާގައި ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުން ދީފައިވާއިރު، ދަރިވަރުންގެ ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދިޔައެވެ.
ފަލާހް ޕްރީ ސްކޫލަކީ ދަށު ސާނަވީ މަރުހަލާ ފަށައިގަންނަ ކުދިންނަށް ފަށާ ތައުލީމުގެ މަރުހަލާ ފުރިހަކުރުމަށް މާލޭ ސަރަހައްދުން އެންމެ ފެންވަރު ރަނގަޅު އެއް ޕްރީ ސްކޫލްއެވެ.
އެ ސްކޫލްގެ މާހައުލާއި ކިޔަވައިދިނުމުގެ ވައްޓަފާޅި ބިނާކޮށްފައިވަނީ އުނގެނުމަށް ފަހި، ތުއްތުކުދިން ގަޔާވާ ގޮތަކަށެވެ.


