logo
Bank of Maldives

Bank of Maldives

ޚަބަރު

ތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހަދަނީ

ޒިދާން މުޙައްމަދު
21 ޑިސެމްބަރު 2025 - 10:06
ތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހަދަނީ

ތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީން 2025ވަނައަހަރު ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޤައުމެއްގެ ނިސްބަތުން ބަލާއިރު އަމިއްލަ އަކުރެއް އޮތުމަކީ އެ ޤައުމެއްގެ ސަޤާފީ ސިޔާދަތު އެތައް ގުނައަކަށް މަތިވެގެންދާ ކަމެއްކަމުގައެވެ.

މި ޖަލްސާ އޮތީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވީ ހޮނިހިރު ދުވަހުގެ ރޭ، ހުޅުމާލޭ ޞަލާޙުއްދީނު އިސްކޫލުގައެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމު ލިބޭ މުބާރާތެއް ނޫން ނަމަވެސް، މިފަހަރު އެކަން އިޞްލާޙުކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހި ތާނައަކީ ދިވެހިންގެ ފަޚުރެއްކަމާއި، އަމިއްލަ ބަހެއްގެ އިތުރުން އަމިއްލަ އަކުރެއް އޮތުމަކީ ޤައުމެއްގެ ސަޤާފީ ސިޔާދަތު މަތިކޮށްދޭނެ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަންނަ އަހަރުން ފެށިގެން މި މުބާރާތް ޤައުމީ ފެންވަރުގައި ވަޒަންކުރެވޭ ޤައުމީ ބޮޑު، މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދަވަން ނިންމަވާފައިވާކަން ވެސް ރައީސް އިޢުލާންކުރެއްވިއެވެ.

ރައީސް ވަނީ، ކޮންމެ ކުއްޖަކު ވެސް އެކުދިންނަށް ލިބިފައިވާ އަދަބީ ހުނަރުތައް ދިވެހި ޤައުމާ އެއްކޮޅަށް، ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެމަނިކުފާނުގެ ވިދާޅުވީ، ދަރިވަރުންގެ މަޒުމޫނު ލިޔުމާއި، ވާހަކަ ދެއްކުމާއި، ޅެންވެރިކަމުގެ ހުނަރަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދީނީ އަދި ޤައުމީ މަސްލަޙަތު ހިމެނޭ ލިޔުންތައް ލިޔުމަށާއި، ފަސާދައަށް ނޫނެކޭ ބުނުމަށާއި، އުފެއްދުންތެރި ޚިޔާލުތައް އާއްމުކުރުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގެ ނިންމާލައްވަމުން އެދިވަޑައިގަތީ، ދިވެހި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮންމެ ފޮޅުވަތެއް ވެސް ލިޔެ، ކޮންމެ ވާހަކައެއް ވެސް ޙަޤީގަތާއި މަސްލަޙަތާއި އެއްގޮތަށް ބުނުމަށެވެ. އަދި، ދަރިވަރުންގެ މި ލޮބުވެތި ވަޠަން ދެކެ އަބަދުވެސް ހިތުގެ އެންމެ ފުންމިނުން ލޯބިވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާނައިގެ އަތުލިޔުމުގެ މުބާރާތް ހައިބަތު ބޮޑު ގައުމީ މުބާރާތަކަށް ހަދަނީޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ފޮތް ޗާޕުކުރުމަށް ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދޭނަން: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ބާއްވަނީޚަބަރު | 6 ގަޑިއިރު ކުރިންރައިސް، ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާޚަބަރު | ދުވަހެއް ކުރިން